ނޭވާ ހިއްލާ މީހުން އީ-ސިގެރޭޓް/ ވޭޕް ބޭނުން ކުރުން ވަރަށް ނުރައްކާ ބޮޑު

 އީ-ސިގެރޭޓް ނުވަތަ ވޭޕް ބޭނުން ކުރާނަމަ ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ބުންނެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް އެ ރިޕޯޓްގައިވެއވެެ.

ކާމަރަނގަ ކާހިތްވޭތަ؟

ކާމަރަނގަ އަކީ ހުތްފޮނި މީރު މޭވާ އެކެވެ. މިމޭވާ ހުރަހަށް ފޮތި ޖެހުމުން ހުންނާނީ މަލެއްގެ ސިފައިގައެވެ. މިއީ ބިލިމަގާއި އެއްއާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. ކާމަރަނގައިގައި ތަފާތު ވިޓަމިންގެ ބާވަތްތަކާއި، އެކިއެކި މަޢުދަންތަކާއި، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. ކާމަރަނގަ އަކީ އާންމުކޮށް މޭވާއެއްގެ ގޮތުގަޔާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރާ އެއްޗެކެވެ. ކާމަރަނގައިގެ ފޮނި، އަދި ހުތް ވައްތަރެއް ހުރެއެވެ.

ކާމަރަނގަ އިން ލިބޭ ޞިއްޙީ ފައިދާތައް

• ކާމަރަނގަ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވޭޕް ކުރާ ފުރާވަރުގެ ކުދިން ދެ ގުނަ އިތުރުވެއްޖެ

2017އާ އަޅާބަލާއިރު ވޭޕް ކުރާ ފުރާވަރުގެ ކުދިން ދެ ގުނަ އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިރުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ މިކަން މިގޮތަށް ހިނގާފައިވަނީ އެއް އިރެއްގައި ވޭޕް ކުރުމަކީ ސިއްޙަތަށް ނުރައްކާތެރި ކަމެއް ނޫން ކަމަށް އިޝްތިހާރު ކުރެވިގެން ދިއުމުންް ކަމަށެވެ،

މިދިރާސާގައި އިތުރަށް ބުނެފައިވަނީ ދިރާސާ ކުރެވުނު ކުދިންގެ ތެރެއިން ގްރޭޑް 12 ގައި ކިޔަވާ ކޮންމެ 4 ކުއްޖަކުން އެއް ކުއްޖަކު ވޭޕް ކުރާ ކަމަށާއި އަދި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކު މިކަން ކުރާ ކަމަށެވެ.

މިދިރާސާގައި 42,531 މީހުނާ ވަނީ ސުވާލު ކުރެވިފައެވެ. އަދި މިދިރާސާގައި ޖުމްލަ ގުރޭޑް 8 ކުން 12 އަށް ކިޔަވާ ދަރިވަރުންވަނީ ބައިވެރިކޮށްފައެވެ.

ބޮލީވުޑްގެ ތަރި ސޮނާކްޝީ ރާއްޖޭގައި، ޝަކުވާއަކީ އަވި ނުދިނުން

ބޮލީވުޑްގެ މަޝްހޫރުތަރި ސޮނާކްޝީ ސިންހާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ. މިކަން ސޮނާކްޝީ ކުރި ޓްވީޓަކުންވަނީ ކަށަވަރުވެފައެވެ.

ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެރިޔާ ވިއްޓަވެލި ރިސޯޓްގައެވެ.

ސޮނާކްޝީ ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވަނީ ރާއްޖެއައީ އަވީގައި ވަގުތުކޮޅެއް ހޭދަ ކޮށްލަން ކަމަށާއި ނަމަވެސް ލައްވާލީ ވާރޭގައި ކަމަށެވެ. މީގެ އިތުރުން އޭނާ ހުންނަ ރިސޯޓުގެ ސާވިސްތައް ރަނގަޅު ކަމަށާއި ވިއްސާރަ ހުއްޓަންދެން ކުރަން ޖެހޭ އިންތިޒާރު ހައްގު ކަމަށެވެ، އަދި އޭނާގެ އެންމެ މަޤްބޫލް މަންޒިލަށް އަނެއްކާވެސް އާދެވުނީތީ އުފާވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

32 އަހަރުގެ ސޮނާކްޝީ އަކީމިހާރު  ބޮލީވުޑްގައި އެންމެ ކުރި އަރާފައިވާ ތަރިންގެ ލިސްޓްގައި ހިމެނޭ އެކަކެވެ.

މުސްލިމަކު ފާޚާނާ ދެ ފަހަރު ފްލޭޝް ކުރި ކަމަށްބުނެ، ފްލައިޓުން ބާލުވައިފި

އެމެރިކާގައި މުސްލިމުންގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މުސްލިމުންނާއި ދެކޮޅަށް ހަދަމުންދާ ޕްރޮޕަގެންދާތައްވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން މުސްލުމުންނަކީ ޓެރެެރިސްޓުންގެ ގޮތުގައި ލޭބަލްކޮށް، މުސްލިމުންނާ ދެކޮޅަށް ކުރިޔަށް ގެންދާ ބިރުވެރިކަން އުފެއްދުމުގެ ޕްރޮގްރާމްތައްވެސް ކުރިޔަށްދެއެވެ. މިފަދަ ކަންކަމުގެ ސަބަބުން މުސްލިމުންނާމެދު އެތަނުގައި ދިރިއުޅޭ އެހެންދީން ތަކުގެ މީހުން ބިރުގަނެއެވެ. މިފަހަފަރުވެސް އެފަދަ ހާދިސާއެކެވެ.

އެމެރިކާގެ އެމެރިކަން އެއަރލައިންގެ ފްލައިޓށް އަބްދުއް ޝަރޫފް އާއި އިސްލާމް އަބްދުﷲ ދަތުރު ކުރަން އެރިއިރު އެދެމީހުންނަކީ ނުދަންނަ ދެމީހުންނެވެ، ނަމަވެސް ފްލައިޓްގައި ތިބި ހަމައެކަނި ތުބުޅި ލާފައި ތިބި ދެމީޙުންނަކީ އެދެމީހުން ކަަމަށްވާތީ، ދެމީހުން ދެމީހުންނަަށް ފްލައިޓަށް އަރަމުން އަތް ހޫރާލިއެވެ. އެއީ ކެބިން ކްރޫ އެދެމީހުންނާމެދު ޝައްކު ކުރަން ފެށި ހިސާބެވެ.

އެމެރިކާގެ ކައުންސިލް އޮން އިސްލާމިކް ރިލޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމް އަބްދުﷲ ބުނެފައިވަނީ އެހިސާބުން ކެބިން ކްރޫން އޭނާއަށް ފާރަލަމުން ދިޔަ ކަމަށެވެ. އަދި ފްލައިޓް ފުރަން އުޅެނިކޮށް އޭނާ ފާޚާނާއަށް ދިޔަ ކަމަށާއި އެހިސާބުން ފަލައިޓް ޑިލޭވި ކަމަށް އެންގި ކަމަށެވެ.

“ފްލައިޓް ޑިލޭ ވުމުން އަހަރެން ފައިބައިގެން ދިޔައީ، ކޮފީ ޝޮޕްއަކަށް. އެތަނުން އަހަރެން ގެންދިޔައީ ސެކިއުރިޓީއަށް. ގޮސްފައި ބުނި ފްލައިޓް ނުފުރުނީ އަހަރެން ފާޚާނާ ދެ ފަހަރު ފްލެޝް ކުރީމައޭ، އަދި މިހެންވެ، ކެބިން ކްރޫއަށް އަހަރެން ދެމީހުންނާއެކު ދަތުރު ކުރަން ނުކުރުނޭ.” އަބްދުﷲ ބުނެފައިވެއެވެ.

އަބްދުﷲ ބުނެފައިވަނީ އޭނާއާމެދު އެއަރޕޯޓްގެ ސެކިއުރިޓީން ކަންތައް ކުރީ ޓެރެރިސްޓަކާމެދު ކަންތައް ކުރާ ގޮތަށް ކަަަށެވެ. އަދި މިކަން ކުށްވެރި ކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނިދީގައި ކާލެވުނީ އެންގޭޖްމެންޓް އަނގޮޓި

ނިދީގައި ބައެއް ފަހަރު މަޖާ ކަންތައް ކުރެވެއެވެ. އަދި ހުވަފެނުގައި ކުރާ ކަންތައް ހޭލާއިރު ވެފައި އޮންނަތަންވެސް އާދެއެވެ. މިފަހަރުވެސް މިވީ މިކަހަލަ ގޮތެކެވެ.

އެމެރިކާގެ ކެލިފޯނިޔާގައި އުޅެމުން އަންނަ ޖެނާ އެންވާސް މިއަދު ތައްޔާރުވަމުން އަންނަނީ ސާޖަރީއަކަށެވެ. ސާޖަރީ ހަދަން ޖެހުނީ ނިދީގައި އެންގޭޖްމެންޓް އަނގޮޓި ކާލެވެމުންނެވެ.

ޖެނާ ބުނެފައިވަނީ އޭނާގެ ހުވަފެނުގައި އޭނާގެ ފިރިމީހާ އޭނާ ގާތު އެންގޭޖްމެންޓް އަނގޮޓި ކާލަން ބުނި ކަމަށެވެ. އަދި  އެ ކާލުމުން ރަނގަޅު ނޫން މީހުންގެ ކިބައިން ސަލާމަތްވާނެ ކަމަށްވެސް ބުނި ކަމަށް ޖެނާ ބުނެފައިވެއެވެ.

ހުވަފެނުގައި ޖެނާ އޭނާގެ އަނގޮޓި ކާލުމާއެކު ބަނޑަށް އުދަގޫތަކެއް ވާން ފެށުމުން ޖެނާއަށް ހޭލުވުނު ކަމަށް އޭނާ ބުންޏެވެ. އަދި ހޭލެވުނުއިރު އަނގޮޓި އަސްލުކޮށްވެސް ކާލެވިފައިވާކަން އެނގުނެވެ.

ނިދީގައި މިގޮތަށްވާ ކަންތައް ބައެއް ފަހަރު އަސްލުކޮށްވެސް ވެއެވެ.

ދުނިޔޭގެ އެންމެ ކުޅި ޗިޕްސް: ކާލަން ކެރޭނެތަ؟

ކުޅި އެއްޗެހި ކާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. މަޖަލަކަށް ކުޅި އެއްޗެހި ކާ މީހުންނާއި ކުޅި އެއްޗެހި މީރު މީހުންނެވެ. މިފަހަރު މިއޮތީ މިދެގޮތަށް ކާ މީހުންނަށްވެސް ޗެލެންޖެކެވެ.

ދުނިޔޭގެ އެންމެ ކުޅި ޗިޕްސް ކެއުމުގެ ޗެލެންޖެވެ. ޕަކިއު ޗިޕްސްއަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ކުޅި ޗިޕްސްއެވެ. 2017 ވަނަ އަހަރު ވުޖޫދުވި މި ކުންފުނި ކޮންމެވެސް ސަބަބަކާ ހުރެ ވުޖޫދުން ދިއުމަށްފަހު އަނެއްކާވެސް މިކުންފުނިން މިވަނީ ޗިޕްސް އުފައްދަން ފަށާފައެވެ.

ޕަކިއު ޗިޕްސްގެ ކުޅިކަމާ ހުރެ މި ޗިޕްސް ވިއްކަނީ ތަފާތު ގޮތަކަށެވެ. އެއީ ކޮތަޅުގައި ބަންދުކޮށްގެން ވިއްކުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވަކިން ޗިޕްސް އެކެވެ. މީގެ މާނަކީ ކޮންމެ ޕަކިއު ޗިޕްސް ޕެކިންއެއްގައި އޮންނަނީ އެންމެ ޗިޕްސް ފޮއްޗެކެވެ.

އާއްމުކޮށް އެންމެ ޗިޕްސް ފޮއްޗެއް ކެޔުމަށްވެސް ގިނަ ބަޔަކަށްވަނީ ބޮޑު ކަމަށެވެ. މިހެންކަމުން މިހާރު އުފެދޭ ސުވާލަކީ މި ޗިޕްސް ކާން ކެރޭނެ ހެއްޔެވެ؟

ބަށި: ހުޅުތަކުގެ ރިހުންތަކުގެ ފަރުވާއް

ބަށީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ހުދު، ކަޅު، އަދި ރަތް ކުލައިގައި ވެސް ބަށިހުރެއެވެ. ކަޅު ކުލައިގެ ބަށީގައި ޕްރޮޓީން މަތީ އަދަދަކަށް އެކުލެވޭ އިރު، ހުދު ކުލައިގެ ބަށީގައި މަތީ އަދަދަކަށް ހުންނަނީ ކާބޯ ހައިޑްރޭޓް އެވެ. ކަޅު ބަށީގެ ބޭރުގައިވާ ތޮށި ފަށަލައިގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެން ކަމުން ބަށި ކައްކާއިރު ބޮޑަށް ރަގަޅުވާނީ ތޮށި ނުމަށައި ކައްކާނަމަ އެވެ.

 ބަށީގައި ”ސެލިއުލޯޒް” އޭ ކިޔޭ ފައިބަރު ގެ ބާވަތެއް ވެއެވެ. މީގެ ސަބަބުން ގޮހޮރު ގައި ހުންނަ ނަޖިސް ބޭރުވެގެން ދިއުމަށް ފަސޭހަ ވެއެވެ. އެހެން ކަމުން ބަނޑުހިކުން ކުރިމަތިވެފައި ވާނަމަ ބަށި ބޭނުންކުރުން ރަގަޅު ވާނެއެވެ. ބަށީގައި ހަށިގަނޑަށް ބޭނުންވާ މިނޫނަސް ތަފާތު މައުދަންތަކާއި ވިޓަމިންތައް އެކުލެވިގެން ވެއެވެ.

ހުޅުތަކުގެ ރިހުން އަދި ހިތުގެ ބަލި، އަދި މާބޮޑަށް ފަލަ މީހުން ބަށި ބޭނުންކުރުމަކީ ރަގަޅު ކަމެއް ކަމުގައި ބުނެވެއެވެ. މައިދާގެ ފާރު ކުޑަކޮށްދީ، އެކިއެކި ރިހުންތައް ލުއިކޮށްދެއެވެ. ހަށިގަނޑުގެ ކޮލެސްޓީރޯލް މިންވަރު ދަށްކޮށް ހަޖަމު ރަގަޅު ކުރުމުގައި އެހީތެރި ވެދެއެވެ.

މިފަދަ ސަބަބު ތަކަށްޓަކައި ބައްޓަކީ ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ.

ކޮއްކޮ ސަލާމަތް ކުރުމަށް ބޯން މެރޯ ދިން އުމުރުން 4 އަހަރުގެ ކުއްޖަކަށް ތަޢުރީފް

ތައްތަ/ބޭބެ އާއި ކޮއްކޮ ދެމެދޮ އޮންނަ ގުޅުމަކީ ވަރަށްވެސް ވަރުގަދަ ގުޅުމެކެވެ. މިފަހަރު މިކަން ސާބިތުކޮށްދިނީ އުމުރުން އެންމެ 4 އަހަރުގެ ކުއްޖެކެވެ.

ކައިލީ ލޭންޑްގެ ކޮއްކޮ ކޮޓަން ލޭންޑް ދުނިޔެއަށް އުފަންވީ ވަރަށްވެސް ނުރައްކާތެރި ބައްޔަކާއެގައެވެ، “ބަބަލް ބޯއީ ޑިސީސް” ނަމަކަށް ކިޔާ މި ޖެނެޓިކް ބަލީގެ ހަމައެކަނި ފަރުވާއަކީ ބޯންމެރޯ ޓްރާންސްފިއުޝަންއެވެ. ކޮޓަންއަށް އެންމެ 7 ހަފްތާގައި ބޯން މެރޯ ހައްދަން ޖެހެއެވެ. ކަން ދިމާކުރި ގޮތުން  ކޮޓަންގެ ހަމައެކަނި ބޯން މެރޯ މެޗް އަކަށްވީ އޭނާގެ 4 އަހަރުގެ ދައްތަ ކައިލީއެވެ.

ކައިލީގެ މަންމަ ކާލިޔާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިކަން ކުރަނީ ކައިލީގެ ހުއްދައާއެކުގައި ކަމަށާއި އޭނާގެ ކޮއްކޮ ސަލާމަތް ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީވެސް ކައިލީ ކަމަށެވެ.

ކަރުތެރެ ހަލާކުވެ، ކެއްސާނަމަ، ކުދި ލުނބޯ ވަރެއް ހަމަ ނެތް

ކުދި ލުނބޯ އަކީ ހުތްމޭވާގެ އާއިލާއަށް ނިސްބަތްވާ މަދުން ނަމަވެސް ކައިއުޅޭ އެއްޗެކެވެ. މިއީ ތަތްކަމެއް ހުންނަ އެއްޗެއްކަމުން ތެރަސްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުދި ލުނބޯ ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ މޭވާއެއްގެ ގޮތުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ކައްކައިގެންނާއި، ޖޭމު ތައްޔާރުކޮށްގެން ވެސް ބައެއް ހިސާބުތަކުގައި ކުދި ލުނބޯ ބޭނުންކޮށް އުޅެއެވެ.

ކުދި ލުނބޯއިން ލިބޭ ޞިއްޙީ ފައިދާތައް

• ތަފާތު ވައްތަރުގެ ލުއި ބުއިންތައް އުފެއްދުމުގައި ކުދި ލުނބޯ ބޭނުންކުރެއެވެ.

• ކުދި ލުނބޯ ގަހުގެ ފަތް:-
o ބޭރަށްހިންގުން ކުޑަކުރުމަށް ފަތް ގައިގައި އުގުޅައެވެ.
o ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުގުޅައެވެ.
o ބަނޑުގައި ރިހުމަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުގުޅައެވެ.
o ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ފަންގަސް ތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o އެރޯމެޓިކް ބާތު އުފެއްދުމަށް ބޭނުން ކުރެއެވެ.
o ކޮސްމެޓިކްސް ތައްޔާރުކުރުމަށް ވެސް ބޭނުން ކުރެއެވެ.

ކަރުތެރެ ހަލާކުވުން، އަދި ކެއްސުން ފަދަ އުދަނގޫތައް ކުޑަކޮށް ލުއިކުރުމަށް ކުދި ލުނބޯ ބޭނުން ކުރެއެވެ. އެގޮތުން ތޮށި ނޮޅުމަށްފަހު، އެއްރޭ ވަންދެން ލުނބޯ ފެނުގައި ބަހައްޓާފައި، އަނެއް ދުވަހު، ދޮވެ ސާފުކޮށް، 1 ޖޯޑް ފެނާއި، ½ ޖޯޑް ހަކުރު އެއްކޮށްގެން ފެނު ކައްކާށެވެ. އެގޮތަށް ދެފަހަރު ނުވަތަ 3 ފަހަރު ވެސް ތަކުރާރުކޮށް ކެއްކިދާނެއެވެ. އެއަށްފަހު ސަރުބަތުގެ ގޮތުގައި އެބޭނުންކުރާށެވެ. ކެއްސުމާއި ކަރުތެރެ ހަލާކުވުމުގެ މައްސަލައަށް މިކަމުން ލުއިކަން ގެނެސްދޭނެ އެވެ.

ޖޫރިމަނާ ކުރީ ހެލްމެޓް ނާޅާ ކާރު ދުއްވުމުން

އިންޑިޔާގެ އަލިނަގަރްގައި ހެލްމެޓް ނާޅާ ކާރު ދުއްވި މީހެއް ޖޫރިމަނާކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ޖުރިމަނާ ކުރި މީހާއާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި މިމީހާ ޖޫރިމަނާކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕްޔާސް ވަރޝޭ ނަމަކަށް ކިޔާ މީހަކު، “އިންޑިޔާ ޓައިމްސް” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޖޫރިމަނާ ކުރުމަށްފަހު އޭނާ ކާރު ދުއްވަނީ ހެލްމެޓް އަޅައިގެން ކަމަށެވެ.

“މަގު މަތިން ދުއްވާފައިދާއިރު، ވަރަށް ގިނަ މީހުން ކިޔާ މޮޔައެކޭ އެދަނީ. އެކަމަކު އެމީހުންނަކަށް ހަޤީޤަތެއް ނޭނގޭ. އަހަރެން ޖޫރިމަނާ ކުރި ކާރުގައި ހެލްމެޓް ނާޅާ ދާތީ. ފުލުސް މީހާ ބުނީ ހެލްމެޓް އަޅައިގެން ދުއްވާށޭ.” ޕްޔާސް ބުނެފައިވެއެވެ.

ޕްޔާސް އިތުރަށް ބުނެފައިވަނީ އޭނާ 700 ރުޕީސް އިން ޖޫރިމަނާ ކުރި ކަމަށާއި ޖޫރިމަނާ ކުރި ސްލިޕްކޮޅުވެސް އެބައޮތް ކަމަށެވެ.

އިންޑިޔާގައި ދާދިފަހުންވަނީ އައު ޓްރެފިކް ޤަވާއިދުތަކެއް ހަދާފައެވެ. ނަމަވެސް މިގަވާއިދުތަކުގެ ދަށުންވެސް ކާރު ދުއްވާއިރު ހެލްމެޓް އަޅާކަށް ނުޖެހެއެވެ.

ކާރުގެ ދޮރު އަމިއްލައަށް ލެއްޕުމުން ގިނަ ބައެއްގެ ސަމާލުކަން ޕްރިންސް ހެރީއަށް

އިނގިރޭސި ތަހުތާއި މިވަގުތު ހަވަނަ އަށް ކައިރީގައި ހުންނެވި ޕްރިންސް ހެރީ އޭނާގެ ކާރުގެ ދޮރު އަމިއްލައަކަށް ލެއްޕުމުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.

އާއްމު އުސޫލެއްގެ ގޮތުން އަބަދުވެސް އިނގެރޭސި ވިލާތުގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ މީހެއްނަމަ ކާރުގެ ދޮރު ހުޅުވާނީ އަދި ލައްޕާނީ ދޮރު ގާޑެވެ. އެއީ އެންމެ ކުރިއްސުރެވެސް އެކަން އޮންނަ ގޮތެވެ.

ނަަމަވެސް މިދިޔަ އަހަރު ޕްރިންސް ހެރީގެ އަންހެނުން މޭގަން މާކަލްވަނީ ފުރަތަމަ ފަހަރަަށް ޝާހީ އާއިލާގެ މީހަކު ކާރުގެ ދޮރު ލެއްޕި މީހާގެ ޝަރަފު ހޯދާފައެވެ.

މީޑިޔާތަކުން ރިޕޯޓް ކުރާ ގޮތުގައި ޕްރިންސް ހެރީ އަމިއްލައަށް އޭނާގެ ކާރުގެ ދޮރު ލައްޕާފައިވަނީ، މޭގަން ކުރި ކަންތަކަށް ތަޢުރީފް ކުރުމުގެ ގޮތުންނެވެ.

ޕްރިންސްގެ ކާރުގެ ދޮރު، އޭނާ އަމިއްލައަށް ލެއްޕުމުން މީސްމީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން އެކަމަށްވަނީ ހުއްޓިފައެވެ.

ދެ ބޯ ލި ހަރުފައެއް ފެނިއްޖެ

ދެ ބޯ ލި ހަރުފައެއް އެމެރިކާގެ ޖަންގައްޔަކުން ފެނިއްޖެއެވެ.

މިވައްތަރުގެ ހަރުފައަށް ކިޔަނީ ޑަބަލް ޑޭވް ސްނޭކް އެވެ. މި ހަރުފަ ފެނިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ހާޕެޓޮލޮޖިކަލް އެސޯސިއޭޓް ގްރޫޕްގެ އެންވައިރޮނޮމެންޓަލިސްޓުންގެ ގްރޫޕަކަށެވެ.

މި ގްރޫޕަކީ 1977 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ނެތެމުންދާ ޖަނަވާރުތައް ހޯދާ ބަލާ ދިރާސާ ކުރަމުން އަންނަ ގްރޫޕެކެވެ.

މި ގްރޫޕްގެ ޗީފް އެގްޒެކިޓިވް ބޮބް ބުނެފައިވަނީ މިއީ މިފަދަ ހަރުފައެއް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

“މިއީ މީގެ ހަރުފައެއް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރު. މި ހަރުފައިގެ ދެ ބޯވެސް ހަމަ ރަނގަޅަށް މަސައްކަތް ކުރޭ. އެކަމަކު ޖަންގަލީގައި އުޅޭއިރު، ދެ ބޯ ހުރުމުން ވަރަށް އުދަގޫވާނެ، ހިމަ ދޭތެރެއިން ގޮސް ޝިކާރަކޮށް އުޅެން.” ބޮބް ބުނެފައިވެއެވެ.

ބޮބްގެ ޓީމުންވަނީ މި ހަރުފަ ދިރާސާ ކުރުމަށްފަހު އަލުން އަނބުރާ ޖަންގައްޔަށް ދޫކޮށްލާފައެވެ.

އޭތް ބްރޯ، ކޮބާ މަނީ ހައިސްޓް ބަލައިފިންތަ؟

ސުރުޚީގައި އެވާ ލިޔުންކޮޅަކީ ރަޙްމަތްތެރިއަކު ކުރެން ބަލަން ރަނގަޅު ސީރީޒްއެއް ނެތްހޭ އަހާލުމުން ދިން ޖަވާބެވެ. ހަމަގައިމުވެސް މަނީ ހައިސްޓްގެ ވާހަކަ މިފަދަ ގޮތަކަށް ގެންނަން މިޖެހުނީ މީހުންގެ މެދުގައި މަނީ ހައިސްޓްގެ މަޤްބޫލުކަން އުފުލިގެން ދިއުމާއި ގުޅިގެންނެވެ.

2017 ވަނަ އަހަރު ސްޕެނިޝްގެ އެންޓެނާ 3 ޓީވީ އިން ދައްކަން ފެށި ސްޕެނިޝް ސީރީޒް، މަނީ ހައިސްޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވީ، މަޝްހޫރު ސްޓްރީމިން މީޑިޔާ، ނެޓްފްލިކްސްއިން އެ ސީރީޒްގެ ރައިޓް ގަތުމާއި ގުޅިގެންނެވެ. މިހާރު ނެޓްފްލިކްސްގައި މަނީ ހައިސްޓްގެ 3 ވަނަ ސީޒަން އަޅުވާފައިވާއިރު، މިހާރު މަނީ ހައިސްޓްގެ 4 ވަނަ ސީޒަންގެ ޝޫޓިން ނިމިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ނެޓްފްލިކްސްގެ ސްޕެނިޝް ސީރީޒް މަނީ ހައިސްޓު ވީ ދިވެހިންނަށް މާ މަގުބޫލުވި ސީރީޒަކަށެވެ. ސޯޝަލް މީޑިއާގައި އެންމެ ގަދަ އެއް އަޑަކީ މަނީ ހައިސްޓްގެ އަޑެވެ. ސީރީޒަށް ހާއްސަ މީމް ޕޭޖުތައް ހަދައިގެން އުޅޭއިރު ސީރީޒުން ފެންނަ ތަރިންނަށް އޮތް ލޯބިވެސް އެހާމެ ބޮޑެވެ.

ތިއުޅެނީ ރޭގަނޑު ނުނިދޭތީތަ؟ ކުޑައިރު ބަސްނޭހީމާ ކަމަށް ވެދާނެ

ނުނިދިގެން އެޝަކުވާ ކުރާ ވަރަށް ގިނަ ޒުވާނުން އުޅެއެވެ. ނަމަވެސް އެއީ ކީތްވެގެންތޯ އެއްފަހަރުވެސް ވިސްނާލިން ހެއްޔެވެ؟ ފަހަރެއްގައި ކުޑައިރު އުޅެވުނު ގޮތުން ކަމަށްވެސް ވެދާނެތާއެވެ؟

އޮސްޓްރޭލިޔާގެ ދައޮސްޓްރޭލިޔަން ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، އުމުރުން 16 އަހަރު ވާއިރު ބަސްނާހާ އުޅޭ ކުދިންނަށް ވެސް އެކުދިންގެ މައްސަލަތައް ހުރި ނިސްބަތަކުން އުމުރުން ދުވަސްވުމުން ނިދުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ

މިދިރާސާ ހެދުމަށް 25،000 ކުދިން ބައިވެރިކޮށްފައި ވެއެވެ. މި ކުދިން ވަރަށް ކުޑައިރުއްސުރެ އުމުރުން 42 އަހަރު ވަންދެން ދިރިއުޅުފައިވާ ގޮތުގެ މައުލޫމާތު ސައިންސްވެރިން ވަނީ ހޯދާފަ އެވެ. މި މައުލޫމާތުތަކަށް ބަލައި ސައިންސްވެރިން ބުނަނީ ފަސް އަހަރުގައި ވަރަށް ބަސްނާހާ އުޅެފައިވާ ކުދިން އުމުރުން ދުވަސްވުމުން ނިދަން އުނދަގޫވު މިންވަރު 40 ޕަސެންޓް އިތުރު ކަމަށެވެ.

ނިދަން ދަތިވާ މައްސަލަ ހުންނަ ކަމަށް ބަލަނީ ރޭގަނޑު ރަނގަޅަށް ނުނިދި އިރުއިރުކޮލާ ހޭލެވި އަލުން ނިދަން ދަތިވުމަށެވެ. އިރުކޮޅަކު ނިދާލެވުނަސް ހޭލެވޭއިރު ހަށިގަނޑަށް އެއްވެސް އަރާމެއް ނުލިބި ވަރުބަލިކަން އިހްސާސް ކުރެވުމަކީ ވެސް ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ދިމާވާ ކަމެކެވެ.

މިސިފަތައް ހުންނަ މީހުންގެ ވިސްނުންތޫނު: ދިރާސާ

ދުނިޔޭގައި އުޅޭއިރު، ވިސްނުމުގެ ގޮތުން އެކި ފަންތީގެ މީހުންނާ ދިމާވެއެވެ. ނަމަވެސް މިވެނި މީހަކީ މިވެނި ވަރަކަށް ވިސްނުންތޫނު މީހެކޭ ބުނެވޭނެ ގޮތެއް ނޯވެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ވިސްނުންތޫނު މިންވަރު ދެނެގަނެވޭނެ ގޮތެއް ނޯވެއެވެ. ވިސްނުންތޫނު މިންވަރު ދެނެގަނެވޭ ހަމައެކަނި ގޮތަކީ ވަކި ޓެސްޓެއް ނެތުމެވެ. އިންޓެލިޖެންސް ކޯޓެން ނުވަތަ އައިކިއު ޓެސްޓް ހެދުމެވެ.

ޔުނިވަރސިޓީ އޮފް މަނޯސާއިން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން ތިރީގައިވާ ސިފަތައް އެމީހެއްގެ ގައިގައި ހަރުލާފައި ހުރި ނަމަ، އެމީހަކީ ވިސްނުންތޫނު މީހެކެވެ.

ރޭގަނޑު ލަހުން ނިދުން

ކުޑައިރު ނުނިދައިގެން މަންމަ ނުވަތަ ބައްޕަ ހަޅޭލެވި ހަނދާން ވޭހެއްޔެވެ؟ މިގޮތަށް ކަންތައް ވެފައިވާނަމަ މަރުޙަބާއެވެ. ދިރާސާއިން ދައްކާ ގޮތުގައި ލަހުން ނިދާނަމަ ތިމާގެ ވިސްނުން ރަނގަޅުވާނެއެވެ. ވަކިން ޚާއްސަކޮށް ކުޑައިރުން ފެށިގެން މިއާދަ ހިފަހައްޓާނަމައެވެ.

ލިޔުން ހަޑިވުން

މިދިރާސާއިން ދައްކާގޮތުގައި ލިޔުން ހަޑި މީހުންނަކީ ވިސްނުން ރަނގަޅު މީހުންނެވެ. މިގޮތުން މިމީހުންގެ ވަގުތު އަކުރު ތަކުގެ ބައްޓަން ރީތި ކުރުމަށް ހުސްކުރުމުގެ ބަދަލުގައި, މިފަދަ މީހުންގެ މަސައްކަތަކީ އެކަންކަމާމެދު ވިސްނުމެވެ.

މިހާ އުފަލުގައެއް އަދި ނޫޅެން، ދަރިޔަކުވެސް ހޯދަން ބޭނުން: ޕްރިޔަންކާ

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށާއި ދަރިޔަކު ހޯދުމަކީ އޭނާ ކުރަން ބޭނުންވާ ކަންތަކުގެ ލިސްޓްގައި އޮތް ކަމެއް ކަމަށް، ޕްރިކަން ބުނެފިއެވެ.

ވޯގް އަށް ދިން އިންޓަރވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އޭނާއާ ދޭތެރޭ ކަންތައް ކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

“އަހަރެން އުފާވާ ކޮންމެ ތަނަކީ އަހަރެންގެ ގެ. ނިއުޔޯކްގައިވެސް މުންބާއީގައިވެސް އަހަރެންގެ ގެ ހުންނާނެ. އަހަރެން ދެން ބޭނުންވަނީ ކުއްޖަކު ހޯދަން. އެއީ ވަރަށް ކުރަން ބޭނުންވާ ކަމެއް.” ޕްރިޔަންކާ ބުނެފައިވެއެވެ.

އުމުރުން 37 އަހަރުގެ ޕްރިޔަންކާ،  26 އަހަރުގެ ނިކް އާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

ދުނިޔެއިން ރޭގަނޑުގެ ނިދި އެންމެ ރަނގަޅަށް ލިބެނީ އިންޑިޔާ މީހުންނަށް: ދިރާސާ

ރޭގަނޑުގެ ނިދި އެންމެ ރަނގަޅަށް ލިބެނީ އިންޑިޔާ މީހުންނަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގްލޯބަލް މާކެޓް ރިސާޗް ފާމެއް ކަމަށްވާ ކޭޖޭޓީ ގްރޫޕް އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، ރޭގަނޑުގެ ނިދި އެންމެ ރަނގަޅަށް ލިބެނީ އިންޑިޔާ މީހުންނަށް ކަމަށާއި ދެން އެއާޖެހިގެން ސައުދީ އަރަބިއްޔާ މީހުންނަށް ކަމަށާއި ދެން ޗައިނާ މީހުންނަށް ކަމަށެވެ.

11،006 މީހުންގެ ބައިވެރިވުމާއެކު ކުރިޔަށް ގެންދިޔަ މި ދިރާސާގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، 62 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި އެމީހުންނަށް ރޭގަނޑުގެ ހަމަ ނިދި ނުލިބެއެވެ. އަދި އިންޑިޔާ މީޙުންގެ 36 އިންސައްތަ މީހުން ނިދަނީ އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރާއި އެކުގައެވެ.

އިންސާނާގެ ހަށިގަނޑަށް 8 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށް ސައިންސްވެރިން ބުނެފައިވާއިރު، މިދިރާސާގެ ބައިވެރިން ބުނެފައިވަނީ އެމީޙުންނަށް ނިދެނީ އެންމެ ގިނަ ވެގެން 6 ގަޑިއިރު ކަމަށެވެ. އަދި ހަފްތާ ބަންދުގައި ގިނައިރު ނިދާ ކަމަށާއި އެއީ ހަފްތާގެ ދުވަސްތަކުގައި ގެއްލުނު ނިދި ހޯދަން ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

ދުނިޔެއިން ރޭގަނޑުގެ ނިދި އެންމެ ރަނގަޅަށް ލިބެނީ އިންޑިޔާ މީހުންނަށް ކަމަށް މިދިރާސާގައި ބުނެފައިވީނަމަވެސް، އިންޑިޔާގައި ރޭގަނޑު ނުނިންދާ މަސައްކަތް ކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ. އަދި ނިދާނެ ތަނެއް ނެތި މަގުމަތީގައި ނިދާ މީހުންވެސް އެހާ ގިނައެވެ.

ދޮންކެޔު ކެޔުމަށް ފޯރި ހުންނަ މީހުންނަށް ހިތާމެވެރި ޚަބަރެއް! ދުނިޔެއިން ދޮންކެޔޮ ހުސްވަނީ

ކިރުސަޔާ ދޮންކެޔަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ސްކޫލަށް ދާއިރުވެސް ކެޔުމަށް ބޭނުން ކުރަމުންދާ އެއްޗެކެވެ. ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ދޮންކެޔޮ ކެޔުމަށް ފޯރި ހުންނައިރު، ދޮންކެޔޮ މީރު ފަރާތްތަކަށް މިއޮތީ ހިތާމަވެރި ޚަބަރެކެވެ. އެއީ ދުނިޔެއިން ދޮންކެޔޮ ހުސްވެދާނެ ކަމުގެ ހިތާމަވެރި ޚަބަރެވެ.

ނޭޗަރ ކްލައިމެޓް ޗޭންގް އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ 1961 ވަނަ އަހަރުން ފެށިގެން ދޮންކެޔޮ އުފައްދާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް 2050 ވަނަ އަހަރާ ހަމައަށް މިގޮތަށް މިކަން ނުވާނެ ކަމަށްވެސް އެދިރާސާގައި ބުނެފައިވެއެވެ.

“މިދާ ރޭޓުން ދުނިޔެ ހޫނުވުން ކުރިޔަށް ދާނަމަ އެބައޮތް ވަރަށް ބޮޑަށް ބިރު، ދުނިޔެއިން ދޮންކެޔޮ އެއްކޮށް ހުސްވެދާނެ ކަމަުގެ” އެދިރާސާގައި ބުނެފައިވެއެވެ.

އެދިރާސާގައި އިތުރަށް ބުނެފައިވަނީ ދޮންކޮޔޮއަކީ ވަކި ކަހަލަ ފިނި ހޫނުމިނެއްގައި ހެއްދޭ އެއްޗެއް ކަމަށެވެ. އަދި ދުނިޔެ ހޫނުވުން ކުރިޔަށް ގޮސްފިނަމަ، އިންޑިޔާ، ބްރެޒިލް ފަދަ ދުނިޔޭގެ ބޮޑެތި ދޮންކެޔޮ މާރުކޭޓް ތަކުން ދޮންކެޔޮ އުފެއްދުން މަޑު ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގައި ދޮންކެޔޮ އެންމެ ގިނައިން ބޭނުން ކުރާ ޤައުމަކީ އިނގެރޭސި ވިލާތެވެ. މިގޮތުން ދުނިޔޭގެ ދޮންކެޔޮގެ 17 އިންސައްތަ ކަނީ އިނގެރޭސިންނެވެ.